ads
މ. ތަރިވިލާ، ފާތިމަތު އަހްމަދު
މަކަރާއި ހީލަތުގެ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި
މަކަރާއި ހީލަތުގެ މައްސަލައެއްގައި މާލޭން އަންހެނަކު ހައްޔަރުކޮށްފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މަކަރާއި ހީލަތުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އަންހެނަކީ މ. ތަރިވިލާ، ފާތިމަތު އަހްމަދުއެވެ. އޭނާގެ މައްޗަށް މަކަރާއި ހީލަތުގެ އިތުރުން ހުއްދަ ނޫން ގޮތުގައި ހިދުމަތް ހޯދުމާއި، މުދަލަކުން ހުއްދަ ނޫން ބޭނުން ކުރުމުގެ ތުހުމަތު ކުރެވެއެވެ.

މި މައްސަލަތަކާއި ގުޅިގެން އެ އަންހެން މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު މުއްދަތުވަނީ ޖަހާފައެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި މަކަރާއި ހީލަތުގެ މައްސަލައެއްގައި ހައްޔަރު ކުރި މި އަންހެން މީހާއަކީ މީގެ ކުރިން، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ގަސްތުގައި ހިންގުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން އިއުލާންވެސް ކުރި މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް