ޓައިލެންޑް ގެ ކުއިން މަދާ ކުއިން ސްރީކިތް އަކީ މިހާރު ރަސްކަމުގައި ހުންނެވި ރަސްގެފާނު ވަޖިރަލޮންގްކޯން ގެ މަންމާ ފުޅުއެވެ.
އޭނާ އަވަހާރަ ވެފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ.
ރައީސް މުއިއްޒު ޓައިލެންޑްގެ ރަސްގެފާނަށް ފޮނުއްވެވި ތައުޒިއްޔާގެ މެސެޖުގައި ވާ ގޮތުން ސްރީކިތް އަވަހާރަ ވިކަމުގެ ހަބަރު އަޑު އެހީ ފުންހިތާމާ އާއި އެކުގައި ކަމަށާއި މި ހިތާމަ ވެރި ދަނޑިވަޅުގައި އެ މަނިކުފާނުވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
ޓައިލޭންޑް ގެ ކުއިން މަދާ ސްރިކިތް
ރައީސް އިތުރަށް ވިދާޅުވީ ރާނީ ސްރީކިތްގެ ނަން ތާރީހުގައި ފަވާލެވޭނީ މުޅި އުމުރު ދުވަހު ގައުމަށް ކޮށްދެއްވި ހިދުމަތްތެރިކަމުގެ އިތުރުން، އެތައް އިޖުތިމާއީ ކަންކަމުގެ ތެރެއިން ގިނަ އަހަރުތަކެއް ވަންދެން މުޖުތަމައުތަކާ ގާތް ގުޅުމެއް ބާއްވާފައިވާ ބޭއްވި ބޭކަންބަލެއްގެ ގޮތުގައި ކަމުގަ އެވެ.
ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ރަސްގެފާނާއި ޝާހީ އާއިލާއާއި ތައިލެންޑްގެ ރައްޔިތުންނަށް ހިތުގެ އަޑިން ތައުޒިޔާ ވިދާޅުވެ، އެ ގައުމުގެ ގައުމީ ހިތާމައިގެ މި ދުވަސްވަރު ކެތްތެރިކަމަށާއި ތަސައްލީއަށް އެދިވަޑައިގެންނެވި އެވެ.