ads
ޝެއިހް ސާލިހް ބިން ފައުޒާން
ސައުދީ އަރަބިއްޔާގެ އާ މުފްތީއަކަށް އުމުރުން 90 އަހަރުގެ ޝެއިހް ސާލިހް ބިން ފައުޒާން
ސައުދީ އަރަބިއްޔާގެ އެންމެ ދީނީ އިދާރާ ކަމަށްވާ ގްރޭންޑް މުފްތީގެ މަގާމަށް އުމުރުފުޅުން 90 އަހަރުގެ ޝެއިހް ސާލިހް ބިން ފައުޒާން އަލް ފައުޒާން އައްޔަންކޮށްފިއެވެ.
Advertisement

ޝެއިހް ފައުޒާން މި މަގާމަށް އައްޔަންކުރެއްވީ، ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ލަފާފުޅުގެ މަތިން، ރަސްގެފާނު ސަލްމާން ނެރުއްވި ރަސްކަމުގެ އަމުރުފުޅަކުންނެވެ.

ޝެއިހް ފައުޒާން މި މަގާމަށް ވަޑައިގެންނެވީ 25 އަހަރު ވަންދެން އެ މަގާމުގައި ހުންނެވި ޝެއިހް އަބްދުލްއަޒީޒް ބިން އަބްދުﷲ އަލް ޝެއިހް އަވަހާރަވުމާ ގުޅިގެންނެވެ. ޝެއިހް ފައުޒާން އަކީ ސައުދީގެ ދީނީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް