މި ހާދިސާ ހިނގާފައިވަނީ "ހުވާ" ޑްރާމާ ސީރީޒްގެ ދެވަނަ ސީޒަންގެ މަންޒަރެއް ނެގުމުގެ ތެރޭގައި، އެކްޓަރު އަހުމަދު އީސާ (އާނަންދު) ކޮށްޕާލުމުން އޭނާ ވެއްޓި ލިބުނު އަނިޔާގައެވެ.
އާނަންދު ކޮށްޕާލި ވަގުތު އައްޒަ އަނގަވަތަށް ވެއްޓުމުން، އޭނާގެ ދަތް ބިންދައިގެން ދިއުމުގެ އިތުރުން ތުންފަތް ވެސް ވަނީ ފަޅައިގެން ގޮސްފައެވެ. އައްޒައަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީގެއަށް ދޫކޮށްލާފައެވެ.
އައްޒައަށް އަނިޔާވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އައްޒަގެ ގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައެވެ. އެ ވީޑިއޯއިން އޭނާގެ އަނގައިން ގިނަ އަދަދަކަށް ލޭ އަންނަ މަންޒަރު ފެނެއެވެ. ބޮޑު ތަރުހީބެއް ލިބުނު "ހުވާ" ގެ ދެވަނަ ސީޒަންގެ ޝޫޓިން އަލުން ފެށީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މި މަހުގެ ކުރީކޮޅުއެވެ.