އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ނިއުޔޯކުގައި ބޭއްވި ޕްރޮޖެކްޓް ހެލްތީ މައިންޑްސް ގާލާގައި ފޮޓޯއަކަށް ހުއްޓިގެން ތިއްބަވަނިކޮށް، ހެރީ، މޭގަންގެ އުނަގަނޑު ކައިރީގައި އަތްލި މަންޒަރު ފެންނަ މި ވީޑިއޯއަށް މިލިއަނުން މީހުންގެ ސަމާލުކަން ވަނީ ލިބިފައެވެ.
މި ދެމަފިރިންނަކީ ޝާހީ އާއިލާއިން ވަކިވި ފަހުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަ ދެމަފިރިންނެވެ. އެގޮތުން، އެ ދެމަފިރިން އެ ހަފުލާގައި ބައިވެރިވެވަޑައިގަތީ ސޯޝަލް މީޑިއާގެ ސަބަބުން ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައެވެ.
މި ވީޑިއޯއަށް އެކްސް (ކުރީގެ ޓްވިޓާ) ގައި 8.9 މިލިއަން ވިއުސް އަދި 13،000 ލައިކްސް ލިބިފައިވެއެވެ. އަދި މިއީ އެ ދެމަފިރިން ވާހަކަ ދައްކަވަމުން ގެންދެވި ސޯޝަލް މީޑިއާގެ ބާރުވެސް ދައްކުވައިދޭ ކަމެކެވެ.