މި ހައިރާން ކުރުވަނިވި ތުހުމަތާއެކު ފިލްމީ ދާއިރާއަށް ވަނީ ސިހުމެއް ލިބިފައެވެ.
މުއާ މިފަދަ ބޮޑު "އިލްޒާމެއް" ޔޫއްޕެ އާއި ސީޒަންގެ ބޮލުގައި އެޅުވި ނަމަވެސް، އޭނާ މި ވާހަކަ ދެއްކި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ގިނަ ބަޔަކު އަންނަނީ މިކަމުގެ ފަހަތުގައިވާ ސަބަބުތައް ހާމަ ކުރުމަށް މުއާއަށް ގޮވާލަމުންނެވެ. އަދި މިފަދަ ތުހުމަތެއް ކުރުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހިޔާލު ފާޅުކުރަމުންނެވެ.
މުއާގެ ސްޓޭޓަސް
މި ތުހުމަތުތަކާ ގުޅިގެން ޔޫއްޕެ އާއި ސީޒަން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މުއާގެ މި ސްޓޭޓަސް އާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި މިކަމުގެ އިތުރު ތަފުސީލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.