މިއީ އޭނާގެ އަމިއްލަ ދިރިއުޅުމަށް އައިސްފައިވާ އުފާވެރި ބަދަލެކެވެ.
ޖޯކާ ޝޫ މި ހަބަރު ހިއްސާކޮށްފައިމިވަނީ މޭންޑޮޕޮޕްގެ ދާއިރާގައި އޭނާގެ މަގުބޫލުކަން އިތުރުވެ، ލައިވް ޝޯތަކާއެކު އޭނާގެ ފަންނީ ކެރިއަރު ވަރަށް ކާމިޔާބު ދުވަސްވަރެއްގައެވެ. އޭނާގެ ފަންނުވެރި މަސައްކަތްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ދަނޑިވަޅެއްގައި މިފަދަ ހަބަރެއް ލިބުމަކީ އޭނާގެ ސަޕޯޓަރުންނަށް ލިބުނު އިތުރު އުފަލެކެވެ.
ޖޯކާ ޝޫ ބައްޕައަކަށް ވި ހަބަރާއެކު ޗައިނާގެ ސޯޝަލް މީޑިއާގައި މިވަގުތު ހިނގަމުން އަންނަ އެންމެ ހޫނު ހަބަރެވެ.
މަޝްހޫރު ފަންނާނުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ޗައިނާގައި ބޮޑު ސަމާލުކަމެއް ލިބޭކަން މިކަމުން ހާމަވެއެވެ. ޖޯކާ ޝޫގެ ސަޕޯޓަރުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކުވެސް ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.