ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް، އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެންމެ ފަހުން ހުކުރު ދުވަހު ހައްޔަރުކުރީ؛
1. ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމް، 42،
2. ހ. ރުމޭނިއާ، އަހުމަދު ފިރުޝާން، 35،
3. އައްޑޫ ހިތަދޫ، ޗާންދަނީގެ، ހުސެއިން ސާމިހު
އޭގެ ތެރެއިން ތަހުގީގުގެ ބޭނުމަށް ޝަމީމާއި ސާމިހު ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރީ ހަތް ދުވަހަށެވެ. ފިރުޝާން ބަންދުކުރަން އަމުރު ނެރުނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ.
މި މައްސަލައިގައި މުހައްމަދު ވަހީދު (ދިގަލި) ގެ އިތުރުން ހަސަން އަބްދުއްރަހްމާން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.