މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ މުޒައްމިލް ނާސިރު، އަދި އަހްމަދު ޝާފިއުއެވެ. އެކަމަކު ޖޭއެސްސީން ރަސްމީކޮށް އެކަން ހާމަ ނުކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖޭއެސްސީގެ ރައީސްވަނީ މިއަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި މިދިޔަ ހަފްތާގައި ޖޭއެސްސީގެ ނައިބު ރައީސްވެސްވަނީ އިސްތިއުފާ ދެއްވާފައެވެ.
ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުން ތާވަލުކޮށްފައި އޮތީ މިރޭ 8 ޖަހާއިރު ސުޕްރީމް ކޯޓުގައި ބާއްވާ ގޮތަށެވެ. އެ އިވެންޓް މިހާރުވަނީ ކެންސަލްކުރިއިރު، ކެންސަލް ކުރި ސަބަބެއް ޖޭއެސްސީން ނުބުނެއެވެ.