ads
އިސްލާމިކް މިނިސްތަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އާރްސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އާދަމް ރަހީމް ވަގުފް އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ވަގުފް އިމާރާތުގެ މަސައްކަތް އާރުސީސީއާ ހަވާލުކޮށްފި
މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
Advertisement

މިއީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢުއެކެވެ.

މި މަޝްރޫއު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި އެގޮތުން މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު އާމްދަނީގެ 20 އިންސަައްތަ ރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަގުފް ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ދާރުލް އަރްގަމް އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ނޫން އެހެން ހުރިހާ ފަންގިފިލާތަކެއްގައި ވެސް ހުންނާނީ އޮފީސް ޖާގަތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓިން ރޫމްތަކެވެ.

އެންމެ ތިރީ ފަންގިފިލާގައި ހުންނާނީ ރިސެޕްޝަނާއި ޕާކިން ޖާގަތަކެވެ. ދެވަނަ ފަންގިފިލާގައި ހުންނާނީ ކޮންފަރެންސް ހޯލެކެވެ. އެންމެ މަތީގައި ހުންނާނީ އޯޕެން ޓެރަހެކެވެ. އޭގެއިތުރުން އެ އިމާރާތުގެ ތިރިއަށް ހުންނަ ބިންގަރާސް ހާއްސާ ކޮށްފައި ވަނީ ޕާކިން އަށެވެ.

އެ އިމާރާތް ފަރުމާ ކޮށްފައި ވާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް އެއްވެސް ދަތިކަމެއް ނެތި ވަދެ ނުކުމެ ހެދޭ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ދާރުލްއަރުގަމްގެ އިތުރުން ހުޅުމާލޭގައި ވަގުފް އިމާރާތަކާއި، މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަގުފް މަޝްރޫއު ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ނިންމަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް