ads
އައްޑޫ ބްރިޖު ހަދަން ފަންނީ ލަފާދޭން ޗައިނާގެ ކުންފުންޏާއި އެކު ސޮއިކުރުމުގެ ތެރެއިން
އައްޑޫ ބްރިޖު ހަދަން ފަންނީ ލަފާދޭން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
އައްޑޫ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖާ ގުޅޭ މަސައްކަތްތަކަށް ފަންނީ ލަފާ ދޭން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
Advertisement

މި މަސައްކަތް ހަވާލުކުރީ ޗައިނާގެ 'ޓީވައި ލިން އިންޓަނޭޝަނަލް' ކުންފުންޏާ އެވެ. މިއަދު ބޭއްވި ރަސްމިއްޔާޔެއްގއި މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން  ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޝައުހޫއެވެ. 

މި އެއްބަސްވުމުގެ ދަށުން ސާވޭތައް ހެދުމާއި، ޑިޒައިން ޑިވެލޮޕްމަންޓާއި، ޓެކްނިކަލް ސްޕެސިފިކޭޝަންތަކާއި ޓެންޑާ ޑޮކިއުމަންޓްތައް ތައްޔާރުކުރުން ހިމެނޭކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެއެވެ. 

އައްޑޫ ބްރިޖްގެ މަސައްކަތައް ބޭނުންވާ ދިރާސާތައްކުރުމަށް ބޭރުގެކުންފުންޏަކާއި ހަވާލުކުރި ދެވަނަ ފަހަރެވެ. ފުރަތަމަ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށް އަރާބް ކޮންޓްރެކްޓާ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާއެވެ. އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުކޮށް އެކަމުގެ އެއްވެސްވުމުގައި ސޮއިކުރީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ރައީސް މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 19 ވަނަދުވަހުއެވެ. 

 

އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަ ދޭ ބްރިޖުގެ މަސައްކަތާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިދިޔަ އަހަރުގެ ޖުލައި މަހު ވިދާޅުވީ މިހާރު ކުރިޔަށް ދަނީ އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކަމަށެވެ. 

އައްޑޫ ބްރިޖުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. ޒަމީރު މިހެން ވިދާޅުވީ މި އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ރައްޔިތުން މަޖިލިހަށް ހުށައަޅުއްވަމުން ދެއްވި ބަޖެޓް ބަޔާނުގައެވެ.

ހިތަދޫ-ހުޅުމީދޫ ބްރިޖު ވާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށެވެ. އެ ބްރިޖުގެ ދިގުމިނަކީ 13-15 ކިލޯ މީޓަރެވެ. ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް