ads
އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއު
އިމިގްރޭޝަނުން އަނެއްކާވެސް 70 ވަޒީފާ، ވޯކްއިން އިންޓަވިއަށް ދާންވީ
މޯލްޑިވްސް އިމިގްރޭޝަނުން އަނެއްކާވެސް 70 ވަޒީފާއަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ އެ އިދާރާއަށް އަލަށް ހޯދާ 70 މީހުން ހޮވަން ވޯކްއިން އިންޓަވިއުއެއް ބާއްވަން ތައްޔާރުވަމުން އަންނަކަމަށެވެ، މިފަހަރުގެ ވޯކް އިން އިންޓަވިއު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެދުވަހު އިންޓަވިއު ކުރިޔަށް ދާނީ ހެނދުނު 8:30 އިން ހަވީރު 4:30 އަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މީހުން ހޮވަނީ އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރުގެ މަގާމަށްކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

ވަޒީފާގެ ޝަރުތުތައް 

  • އުމުރުން 30 އަހަރު (1 ނޮވެމްބަރ 2025 ވަނަ ދުވަހާއި ހަމައަށް) ފުރިފައިނުވުން. 
  • ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާސިލްކޮށްފައިވުން

މުސާރަ

މުސާރައިގެ ގޮތުގައި ލިބޭނީ މަހަކު 6500 ރުފިޔާ އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި 1500 ރުފިޔާ ލިބޭނެއެވެ. ހަ މަހުގެ ޓްރެއިނިން ފުރިހަމަކޮށް ނިމުމުން މުސާރައިގެން 35 ޕަސެންޓް، ސްޕެޝަލް ސާވިސް އެލަވަންސްގެ ގޮތުގައި ދޭނެ އެވެ.

މި މަގާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުގައި ދައުރުވާގޮތަށް (އިމިގްރޭޝަންއިން އެވަގުތެއްގައި ކަނޑައަޅާ ސެކްޝަންއެއްގައި) ކަމަށް އެ އިދާރާއިން ބުނެއެވެ. 

މީހުން ހޮވުމުގައި ބަލާނެ ބައެއް ކަންކަން 

  • ކަނޑުދަތުރުކުރެވޭ އަދި ފަތަން ދަންނަ ފަރާތަކަށްވުން
  • އަތޮޅުތަކުގައި ހެދިފައިވާ އިމިގްރޭޝަން އޮފީސްތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ކަނޑުބޯޓު ފަހަރަށް އަރާ ފޭބޭ ފަރާތެއްކަމުގައިވުން
  • ސިއްޙީ ގޮތުން މިފަދަ މަސައްކަތެއް ކުރެވޭނެ ފަރާތަކަށްވުން
  • ޔުނީފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން

މީގެ ކުރިން ޖުމްލަ 50 މުވައްޒަފުން ހޯދަން އިމިގްރޭޝަނުން ވަނީ ވޯކްއިން އިންޓަވިއުއެއް ބާއްވާފައެވެ. އެ ފަހަރު އިންޓަވިއުއެއަށް 900 އަށްވުރެ ގިނަ މީހުންދިޔައިރު، ޝަރުތު ހަަމަވީ 758 މީހެކެވެ. އިމްތިހާނު ހެދި 549 މީހުންގެ ތެރެއިން 50 މީހުންގެ އިތުރުން 70 މީހުން އޭރު ނެގިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް