ads
ޕީޖީ
ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ޖިނާއީ މައްސަލަތަކުގެ ލިޔެކިއުންތައް ނައްތާނުލާން އެދެފި
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހުއްދަ ނެތި ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތައް ނައްތާނުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.
Advertisement

"ފޮލިސް ރެކޯޑް ބެެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ބުނާ ގޮތުން، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް، ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކާކޮށް، ބަލަހައްޓަންވާނެ އެވެ.

ޖިނާއީ ބޮޑު ކުށެއް ހިމެނޭ މައްސަަލައެއް ނަމަ، އަށް އަހަރުދުވަހަށް އަދި އެ ނޫން މައްސަލަތަކުގެ ލިޔެކިއުންތައް މަދުވެގެން ތިން އަހަރު ދުވަަހަށް ބަހައްޓަންޖެހޭނެ ކަމަށް މި ގަވާއިދު ބުނެ އެވެ. 

އެކަމަކު ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިމި ދައުވާ އުފުލޭ މިންވަަަަރަށް ހެކި ލިބިފައިނުވާ ނަމަ ނުވަތަ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމައިފި ނަމަ، އަހަރުދުވަސް ތެރޭ އެ މައްސަލައެއްގެ ލިޔެކިއުންތައް ނައްތާލެވޭ ގޮތަށް މި ގަވާއިދު މިދިޔަ އަންގާރަ ދުވަހު ވަނީ އިސްލާހުކޮށްފަ އެވެ.

އެކަމަކު އެ އޮފީހުން ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދަޢުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެކަންކަމަށް ރިއާޔަތްކޮށް، ދަޢުވާ ނުކުރެވޭނެކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި ނައްތާލުމާ ގުޅޭ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެހެންކަމުން މި އިރުޝާދު އެކުލަވާލައި ފުލުހުންނާ ހިއްސާކުރެވެންދެން، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ލަފާ ލިއުމުން ނުހޯދާ އެއްވެސް ޖިނާއީ މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް، އެ އޮފީހުން މައުލޫމާތު ދެއެވެ.

"އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރެވެންދެން، މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިޔުންތަކުގެ އަސްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް މިއަދު ވާނީ ދަންނަވާފައި،" ޕީޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އާންމު އުސޫލެއްގެ ގޮތުން ކުދި ކުށްތަކުގެ ލިޔެކިޔުން ތިން އަހަރާއި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރައްކާ ކުރެ އެވެ. އަދި ބޮޑެތި ޖިނާއީ ކުށްތަކުގެ ލިޔެކިޔުން 10 އަހަރު ވަންދެން ބަހައްޓަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް