ads
އިންޓެގްރިޓީ ކޮމިޝަނުން އޮގަސްޓު މަހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އެކޮމިޝަނުގެ މެންބަރުން - ފޮޓޯ/ އެންއައިސީ
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހަތަރު މެންބަރުން އައްޔަންކޮށްފި
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހަތަރު ބޭފުޅަކު އައްޔަންކޮށްފި އެވެ.
Advertisement

އެންއައިސީގެ ހަތަރު މެންބަރެއްގެ ދައުރު މިއަދު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އޮގަސްޓު 20ގަ އެވެ. އެ މުއްދަތު މިދިޔަ މަހު ހަތަކަށް ވަނީ ހަމަވެފަ އެވެ.

އެ މަގާމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް ދަފްތަރު ނަމްބަރު 1854 ޝިފާޒް އަލީ އާއި ދަފްތަރު ނަމްބަރު 1188 ޝުއައިބު އަބްދުއްރަހްމާނާއި ދަފްތަރު ނަމްބަރު 1851 އަލީ މުހައްމަދު މަނިކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ކޮމިޝަނަށް އެ ހަތަރު މެމްބަރު އައްޔަނު ކުރައްވައިފަ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ، އިންޓެގްރިޓީ ކޮމިޝަންގެ މަސްއޫލިއްޔަތަކީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ޚިލާފު ކަންކަން ބަލައި ތަހުގީގުކޮށް، ފިޔަވަޅު އެޅުމެވެ. އަމިއްލައަށް އެ ފަދަ މައްސަލަތައް ބެލުމުގެ އިޚުތިޔާރު ވެސް އެ ކޮމިޝަނަށް ލިބެއެވެ.

އެންއައިސީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް