ads
2018 ވަނަ އަހަރު ރައީސް ޔާމީން ދިއްދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ތިލައުތުރު އެވޯޑު ޝަރަފުވެރިި ކޮށްދެއްވަން ޔާމީން ދިއްދޫއަށް
ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވަން ކުރީގެ ރައިސް އަބްދުﷲ ޔާމީން މިއަދު އެ އަތޮޅު ދިއްދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
Advertisement

ތިލައުތުރު އެވޯޑަކީ، ހއ. އަތޮޅަށް އެކިއެކި ގޮތްގޮތުން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ ދެއަހަރަކުން އެއް އަހަރު އެ އަތޮޅު ކައުންސިލުން ދޭ އެވޯޑެކެވެ. މި އަހަރުގެ އެވޯޑް ދިނުން އޮންނާނީ މިރޭ 20:30ގަ އެެވެ.

މިރޭގެ އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިއްދޫއަށް ވަޑައިގަންނަވާނީ މިއަދުގެ ވަގުތެގައެވެ. މީ އެރަށު ކައުންސިލްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ޕީއެންއެފް އިން ބުނެއެވެ. 

ތިލައުތުރު އެވޯޑް އެންމެފަހުން ބާއްވާފައި ވަނީ 2023 ވަނަ އަހަރުއެވެ. އެ ފަހަރުގެ އެވޯޑް ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް