ads
ސްކޭމަރުންގެ މައުލޫމާތު އެނގޭނެ އެޕެއް އާއްމުކުރަނީ
މެސެޖަކަށް ލާރި ނުފޮނުވާ ގުޅާ ޔަގީންކުރޭ، މިދިޔަ ހަފްތާގައި 3 ލައްކަ ފޭރިގެންފި
މިދިޔަ ހަފުތާގައި އެކި ބާވަތްތަކުގެ ސްކޭމްތަކުން އެކި މީހުން އަތުން ތިން ލައްކަ އަށްވުރެ ގިނަ ރުފިޔާއަށް ފޭރިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުންގެ އެންޓި ސްކޭމް ޔުނިޓުން ހާމަކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައިވެސް އެތައް ބަޔަކު ވަނީ އެކި ކަހަލަ ސްކޭމްތަކުގައި ޖެހިފައެވެ. 

އެ ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ސްކޭމްގެ 35 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އެ މައްސަލަތަކުގައި ގެއްލުނު ފައިދސާގެ އަދަދު 372،515.59 އަށް އަރައެވެ. މި ފައިސާގެ ތެރެއިން ފުލުހުންނަށް މިހާތަނަށް ހޯދައި ދެވިފައިވަނީ 148،781.94 ރުފިޔާ އެވެ. 

ފުލުހުންގެ ހިސާބުތައް ދައްކާގޮތުން މީގެތެރޭގައި އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ މައްސަލަތަކެވެ. އެގޮތުން އޮންލައިން ވިޔަފާރީގައި އޮޅުވާލުމުގެ 13 މައްސަލައެއް މިދިޔަ ހަފްތާފައި ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ފައިސާ ބަދަލުކުރުމުގައި އޮޅުވާލުމުގެ ހަ މައްސަލައަކާއި ޝަޚުސު އޮޅުވާލުމުގެ ނުވަ މައްސަލައަކާއި ފިޝިންއާއި ވިޝިންއާއި ވަޒީފާ ދިނުމާ ގުޅޭ ހަ މައްސަލައެއް ހިމެނޭކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުންގެ އިލްތިމާސް 

އެއްވެސް މީހަކު ވަރަށް މުހިއްމު ބޭނުމެއް ޖެހިގެން ނަމަވެސް ފައިސާ ހޯދަން މެސެޖުކޮށްފިނަމަ އެ މެސެޖަށް ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެމީހަކށ ސީދާ ގުޅުމަށްފަހު އެކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. ސަބަބަކީ މީ ފަަހަކަށް އައިސް އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމަރުން ބޭނުންކުރަމުން އަންނަ ގޮތްކަމަށް ވާތީއެވެ.

މީގެ އިތުރުން ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް