ads
ރައީސް އޮޅުވެލިފުއްޓަށް ކުރެއްވި ދަތުރުގެ ތެރެއިން
އޮޅުވެލިފުށީ ކަރަންޓު މައްސަލަ ރޯދައިގެ ކުރިން ހައްލުކޮށްދޭނަން: ރައީސް
އޮޅުވެލިފުށީ ކަރަންޓުގެ މައްސަލައަށް އަންނަ ރޯދައިގެ ކުރިން ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވެފައިވަނީ ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލް ކަމަށްވާ ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އޮޅުވެލިފުއްޓަށް މިވަގުތު އެންމެ ބޮޑަށް ދިމާވެފައި ވަނީ، ރަށުގެ ކަރަންޓުގެ މައްސަލަ އާއި ނެޓްވޯކް މައްސަލަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ވަރަށް އަވަހަށް މި މައްސަލައަށް ހައްލު ގެނައުމަށް މަަސައްކަތް ފެށިގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ ރަށު ކައުންސިލާއި އެކު އޮތް ބައްދަލުވުމުގައި މިކަން މެމްބަރުން ފާހަގަކުރައްވާފައި ވާތީ، އަންނަ ރޯދަ މަހުގެ ކުރިން މި މައްސަލައަށް ދާއިމީ ހައްލެއް ގެނެެސްދޭނެކަމުގެ ޔަގީންކަން ކައުންސިލަށްވެސް ދީފައިވާނެކަމަށެވެ. 

ރައީސް ފާހަގަ ކުރެއްވި ގޮތުގައި ކަރަންޓުގެ މައްސަލައަށް ހައްލު ބޭނުންވާތީ މީގެ ކުރިން ވެސް އެކިފަހަރު މަތީން ޝަކުވާތަކާއި ސިޓީތައް ވެސް ހުށަހަޅާފައި އެބަހުއްޓެވެ.

މީގެ އިތުރުން އޮޅުވެލިފުށީގައި ފެށިގެން ދިޔަ މަޝްރޫއުތަކާއި، ސޮއި ކުރި ޕްރޮޖެކްޓުތައް ވެސް އެއްވެސް ލަސްކަމެއް ނައިސް ކުރިޔަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ޅ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށާއި މާލެއަތޮޅުގައި މީހުން ދިރިއުޅޭ ތިން ރަށަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފައިވެ އެވެ.

މި ދަތުރުފުޅުގައި، އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ

އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޅ އަތޮޅުގެ މީހުން ދިރިއުޅޭ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގަންނަވާނެ އެވެ.

މާލެ އަތޮޅުން އެމަނިކުފާނު ވަޑައިގަންނަވާނީ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް