ސަރުކާރުން ޓެކްސީ ހިދުމަތް މިއަހަރު އޯގަސްޓު މަހުގެ ތެރޭގައި ފަށާނެ ކަމަށް ކުރިން މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން މަޖިލީހުގައި މެމްބަރަކު ކުރެެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ލައިނަށް ގެންނަން ނިންމާފައި ވަނީ އިލެކްޓްރިކް ވެހިކަލް ކަމަށެވެ. އެހެންނަމަވެސް ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާތީ ވައިގެ ތެރޭގައި ލޮނުގެ އަސަރު ގިނަކަމުން ވެހިކަލްތަކަށް މޮޑިފިކޭޝަންތަކެއް ގެންނަޖެހޭ ކަމަށެވެ. ޓެކްސީ ލައިން ފެށުމުގައި ލަސްކަމެއް އަންނަނީ އެ ސަބަބާހުރެ ކަމަށް އަމީން ވިދާޅުވި އެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށް އެ ކުންގުނިން ވަނީ ބުނެފައެވެ.