ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ބަޔަކު ހިދުމަތް ހޯދަނީ - ފޮޓޯ: އެމްއޭސީއެލް
ޑޮލަރު ފޭރިގަތް އިރު ފުލުހުންގެ ސެކިއުރިޓީ ނެތް
މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ، ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތްއިރު އެ މީހުންނާއެކު ފުލުހުންގެ ސެކިއުރިޓީ ނެތްކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ މުވައްޒަފުގެ އަތުން ފޭރިގަތީ މިއަދު ހެނދުނު ފުރަން ދާ މީހުންނަށް ދޫކުރަން ގެންދިޔަ ޑޮލަރެވެ. އެ ބްރީފް ކޭސްގައި ހުރި ޑޮލަރުގެ އަދަދު 100،000 ވުރެ މައްޗަށް އަރާކަމަށްވެއެވެ. މި ފައިސާ ހިފައިގެން ބީއެމްއެލް މުވައްޒަފު ދިޔައީ ވީއައިއޭގެ ބައު ޓާމިނަލުން މި އަހަރު ހުޅުވި ޓާމިނަލުގައި ހުންނަ ޑޮލަރު ކައުންޓަރަށެވެ.

ފުލުހުން ބުނީ ވީއައިއޭގެ ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހަށް ރިޕޯޓު ކުރީ ރޭ ފަތިހު 4:45 ހާއިރު ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް