ads
ޅ. އޮޅުވެލިފުށީ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން
ޅ. އޮޅުވެލިފުށީ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި
ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު އޮޅުވެލިފުށީގައި ބާއްވައިފި ކަމަށް އެމްޓީސީސީން ބުނެފި އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން ޑރ. އަބްދުﷲ މުއްތަލިބް ކަމަށާއި މި ރަސްމީޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ އެމްޑީ، ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ އާއި، އޮޅުވެލިފުށީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައި ކަމަށް އެމްޓީސީސީން ބުނެ އެވެ. 

މި މަޝްރޫއުގެ ދަށުން، 7534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 49857 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއި، 14160 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮއްޓެއް ޖެހިމަށް ހަމަ ޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

your imageޅ. އޮޅުވެލިފުށީ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން

މީގެ އިތުރުން  156 މީޓަރުގެ ސަރަހައްދެއްގައި އެތެރެވަރިއަށް ވެލިތޮއްޓެއް ޖެހުމާއި، 246 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 27 މީޓަރު ދިގު 5 މީޓަރު ފުޅާ އާރްސީ ބްރިޖެއް ހެދުމާއި، 132 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުމާއި، 1149 އަކަމީޓަރުގެ ސަރަ ހައްދެއްގައި ހާބަރ ޕޭވްމަންޓެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. 

މީގެ އިތުރުން، ފެރީ ބަނދަރު ކުރަން އެކްސަސް ޕްލެޓްފޯމެއް ހަދާނެކަމަށް އެމްޓީސީސީން ވަނީ ފާހަގަ ކޮށްފައި އެވެ.

މިއީ 66.40 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސްރޫއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

803 މީހުންގެ އާބާދީއެއް ދިރިއުޅޭ އޮޅުވެލިފުށީގައި އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން ރަށު ރައްޔިތުން ދަނީ ވަރަށް ބޮޑަށް ތަޙައްމަލު ކުރަމުން ކަމަށާއި ނަމަވެސް، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިޔާއެކު، މުދާ ބަރުކުރުމާއި ލަފައިފުރުމަށްވެސް ފަސޭހަތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް