ads
ހުސްނީ މުބާރިކް
ރިޒާގެ ބަދަލުގައި ޖޭއެސްސީ އަށް ހުސްނީ މުބާރަކް
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު އައްޔަންކުރަން މިއަދު ރުހުން ދީފި އެވެ.
Advertisement

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު، މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީގެ ރައީސްއަކަށް ހުންނެވީވެސް ރިޒާއެވެ.

ހުސްނީގެ ނަން މިއަދު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ފަލާހެވެ. އަދި ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާހެވެ.

ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރުގެ ގޮތުގައި ހުސްނީ އައްޔަންކުރުމަށް ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. ހުސްނީ ޖޭއެސްސީއަށް އައްޔަންކުރަން ނުފެންނަ ކަމަށް، ޖަލްސާގައި ތިއްބެވި އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ހުސްނީއަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ވެސްމެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް