މިއީ، ޝުއައިބު އަބްދުއްރަހްމާނު، އެކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރެއްވި ދެވަނަ ދައުރެވެ.
އަލްއުސްތާޒް ޝުއައިބު އަބްދުއްރަހްމާނު އެކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރައްވާފައިވަނީ ކުރިން ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅާގެ ދައުރުހަމަވުމާގުޅިގެންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް، ރައީސް ބޭފުޅަކު އައްޔަން ކުރެއްވީ، އެ ގާނޫނުގައިވާ ގޮތުގެމަތީން، އެމަނިކުފާނަށް ލިބިދޭ ބާރުގެދަށުންނެވެ.
އިންޓެގްރިޓީ ކޮމިޝަންގެ މަސްއޫލިއްޔަތަކީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު ކަންކަން ބަލައި ތަހުގީގުކޮށް، ފިޔަވަޅު އެޅުމެވެ. އަމިއްލައަށް އެ ފަދަ މައްސަލަތައް ބެލުމުގެ އިހުތިޔާރު ވެސް އެ ކޮމިޝަނަށް ލިބެއެވެ.