ads
ހިންނަވަރުގެ އިމާރާތް ކުރި ފެނަކައިގެ އާ އޮފީސް އިމާރާތް މިއަދު ހުޅުވުން
ހިންނަވަރުގެ އިމާރާތް ކުރި ފެނަކައިގެ އާ އޮފީސް އިމާރާތް މިއަދު ހުޅުވައިފި
ޅ. ހިންނަވަރުގެ އިމާރާތް ކުރި ފެނަކައިގެ އާ އޮފީސް އިމާރާތް މިއަދު ހުޅުވައިފި އެވެ.
Advertisement

ހިންނަވަރުގައި ގާއިމްކޮށްފައިވާ ފެނަކަ އޮފީސް ހުޅުއްވާދެއްވީ، ރައީސް ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.

ހިންނަވަރުގެ ފެނަކަ އޮފީސް ރަސްމީކޮށް ހުޅުވުމަށް މިއަދު އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ފެނަކަ އޮފީސް ހުޅުއްވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ހިންނަވަރު ދާއިރާގެ މެމްބަރު އަދިި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަތެވެ.

ދެ ބުރިއަށް އިމާރާތް ކުރި މި އިމާރާތުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްވެފައި ހުންނާނެ ކަމަށް ފެނަކައިން ބުންޏެވެ.

މި އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް ވުމުން، މުވައްޒަފުންނަށާއި ހިދުމަތް ހޯދާ ކަސްޓަމަރުން މިހާރަށްވުރެ ފަަސޭހަ ވެގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް