ads
ކަސްޓަމްސް މުވައްޒަފުން ތަކެއް
ކަސްޓަމްސް މުވައްޒަފުންންނާއި އާއިލާ މީހުންގެ އެސެޓް ޑެކްލަރޭޝަން ހަދަން އަންގަނީ
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނާއި އެމީހުންގެ އަނބިންނާއި ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމުކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކުރަން އަންގަން ފާސްކޮށްފި އެވެ.
Advertisement

އެކަންތައްތައް ކަސްޓަމަށް އަންގަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހުށަހެޅި ރިޕޯޓް މިއަދު މަޖިލީހުން ފާސްކޮށްގެންނެވެ.

ކޮމިޓީން ބެލި މައްސަލަތަކަކީ، ކަސްޓަމްސްގެ 21 މުވައްޒަފެއްގެ އެކައުންޓްތަކުގައި 400 މިލިއަނެއްހާ ރުފިޔާ ދައުރުވެފައިވާ މައްސަލަ އާއި، އެގްޒޮޓިކް އެންޓަ ޕްރައިސަސް ބޮންޑެޑް ވެއާ ހައުސްގައި ހުރި 575 ސިިރޭޓް ކާޓޫނު ކަސްޓަމަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް ނެރުމުގެ ސަބަބުން ގެއްލިފައިވާ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ 47 މިލިއަން ރުފިޔާ ނުލިބުނު މައްސަލަ އާއި، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓަކުން ގާނޫނާއި ގަވާއިދާ ހިލާފަށް 200 މާސްޓާ ކާޓޫން ސިނގިރޭޓް އެތެރެކުރި މައްސަލައެެވެ.

ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ވަނީ ގާނޫނުގައި ބުނާ ކަސްޓަމްސް އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރޭތޯ ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކޮށް އަޅަމުން ގެންދިއުމަށާއި، ކަސްޓަމްސްގެ ގާނޫނާއި، އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކުރަމުންދާ މުވައްޒަފުންގެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދިފަ އެވެ.

އަދި މިފަދަ މައްސަލަތައް ތަކުތާރުވިޔަ ނުދިނުމަށާއި މިފަދަ މައްސަލަތަކުގައި މުވައްޒަފުން ޝާމިލުވުން ހުއްޓުވުމަށް މުވައްޒަފުންނާއި މުވައްޒިފުންގެ އަނބިންނާއި ފިރިންނާއި ދަރިންގެ އެސެޓް ޑިކްލެއާ ކުރަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކޮށް އަދި އެގޮތުން ހާމަކުރާ ފޯމުތައް ރިވިއުކޮށް އަޅަންޖެހޭ ފިޔަަވަޅުތައް އެޅޭނެ ހަރުދަނާ މެކެނިޒަމެއް ގާއިމުކުރުމަށާއި އެ މަސައްކަތްކުރުމަށް ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިނެއް ކޮމިޓީއަށް އެންގުމަށް ވެސް ލަފާ ދީފައިވެ އެވެ.

މީގެއިތުރުން ކަސްޓަމަސް އަކީ ގާނޫނުތަކާ އެއްގޮތަށް ހިނގާ އަދި ރައްޔިތުންގެ އިތުބާރު އޮންނަ ހިދުމަތަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އެ މަސައްކަތްތައް ކުރަން ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަަމަށް ލަފާކުރާ މުއްދަތު ހިމެނޭ ޓައިމްލައިނެއް ކޮމިޓީއަށް އެންގުން ވެސް ހިމެނެ އެވެ.

މަޖިލީހުގެ 241 ކޮމެޓީގެ ރިޕޯޓު މިއަދު ފާސްކޮށްފައިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން އެ މައްސަލަ ބެލުމަށް ފަހު އެވެ. އެ މައްސަލަ ބެލި އިރު ކޮމެޓީއަށް ފާހަގަކުރެވުނު މައްސަލަތައް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.  

ގާނޫނާ ހިލާފަށް އެތެރެކުރި ސިނގިރޭޓުގެ ޑިޔުޓީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ދައުވާ ކުރަން ފޮނުވޭނެ ތާރީހު ކޮމެޓީއަށް އަންގަން ފުލުހުންނަށް އެންގުމަށް ވެސް ކޮމެޓީ ރިޕޯޓުގައި ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީ ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް