ads
ޅ. ނައިފަރު ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
ނައިފަރުގެ ތަރައްގީއަށް ރައީސްގެ ގިނަ ވައުދުތަކެއް!
ޅ. ނައިފަރުގެ ތަރައްގީ އަށް މުހިއްމު ގިނަ ވައުދުތަކެއް ރައީސް މުހައްމަދު މުއިއްޒު މިރޭ ވެވަޑައިގެންފި އެވެ.
Advertisement

މިއަދު ޅ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިރޭ ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ މިރޭ ސޮއިކުރި މަޝްރޫއުތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ނަތީޖާ ދައްކަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. 

ރައީސް ވިދާޅުވީ ނައިފަރުގައި ފެށިގެންދާ ހުރިހާ މަޝްރޫއެއްގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދޭނީ ބިން ހިއްކުމުގެ މަސައްކަތަށް ކަމަށާއި އޭގެ އިތުރުން ހައުސިން މަޝްރޫއު އާއި ހޮސްޕިޓަލް އަދި ސްކޫލް އަދި ބަނދަރުގެ މަޝްރޫއު ފަދަ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

"ހަމަ ރަނުން ރަނަށް އަޅުގަނޑު ވީ ހުރިހާ ވައުދެއް ފުއްދާނަމޭ. ނައިފަރުގެ ތަރައްގީ ހަގީގަތަކަށް ހެދުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް، އަޅުގަނޑުގެ ޒިންމާއެއް، މަސްއޫލިއްޔަތެއް. އެކަން އަޅުގަނޑު ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ނައިފަރުގައި ކުރިއަށް ގެންދަން ސޮއިކުރި މަޝްރޫއުތައް:

  • 300 ހައުސިން ޔުނިޓު އެޅުން
  • ކުނި މެނޭޖު ކުރުން
  • ބަނދަރު އަޕްގްރޭޑު ކުރުމާއި އާ ބަނދަރެއް ތަރައްގީ ކުރުން
  • ސްލިޕްވޭއެއް ގާއިމް ކުރުން
  • ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމް ކުރުން
  • ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރުން

ރައީސް މިރޭ ނައިފަރަށް ވި އިތުރު ވައުދު ތަކުގެ ތެރޭގައި:

  • ނައިފަރުގައި އިސްލާމީ މަރުކަޒެއް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށުން
  • އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހަކާއި ދަނާލެއްގެ މަސައްކަތް ފެށުން
  • މަދްރަސަތުލް އިފްތިތާހުގައި 10 ކްލާސްރޫމާއި ހުރިހާ ލެބެއް ހިމެނޭ އިމާރާތެއްގެ މަސައްކަތް ފެށުން
  • ނައިފަރަށް ސްޕީޗު ތެރަޕިސްޓެއް ހަމަޖެއްސުން
  • ޕްގްރޭޑު ކުރުމަށް ހަވާލުކޮށްފައިވާ މަޝްރޫއުގެ ސްކޯޕް އިތުރުކޮށް، 50 އެނދުގެ ހޮސްޕިޓަލަކަށް ތަރައްގީކުރުން
  • އަޕްގްރޭޑިންގެ މަސައްކަތް ނުނިމެނީސް ސީޓީ ސްކޭންގެ ހިދުމަތް ވެސް ދޭން ފަށާނެ

ބިމުގެ ޖާގައިގެ ދަތިކަން ބޮޑު ނައިފަރުގެ ބިމަށް އިތުރު 45 ހެކްޓަރުގެ ބިން އިތުރުކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު މާދަމާ ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

your imageރައީސް މުއިއްޒު ނައިފަރު ރައްޔިތުންނާ ބައްދަލު ކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ނައިފަރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން އިއުލާނުކޮށްފައިވާއިރު، ރަށުގައި 7،000އެއްހާ މީހުން ދިރިއުޅޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ ރަށާއި ރާއްޖޭގެ ތަރައްގީއަށް ވެސް މުހިއްމު މަސައްކަތެއް ކަމަށެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ވަނީ ނައިފަރު މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފަށައިފަ އެވެ. މަގުތަކުގެ ހާލަތު ދަށް ނައިފަރުގެ މަގު ހެދުމުގެ މަޝްރޫއު އެއް ފިޔަވަހިން ނިންމާނެކަމުގެ ޔަގީންކަން މިރޭ ރައީސް ވަނީ ދެއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް