ads
ހިތާދޫ ދާއިރާގެ މެންބަރު ސިރުހާން
ވަގަށް އެތެރެކުރި ސިނގިރޭޓް ގެނައި ކުންފުނީގެ ހިއްސާދާރަކަށް މަޖިލިސް މެންބަރެއް
ސިނގިރޭޓު ކޭސްތަކެއް ވަގަށް އެތެރެކުރިއިރު، "އެގްޒޮޓިކް އެންޓަޕްރައިސަސް" ކިޔާ ކުންފުނީގެ ހިއްސާ، ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ސިރުހާނަށް ދީފައިވާކަން އެނގިއްޖެ އެވެ.
Advertisement

ކޯޓު އަމުރަކުން ހުއްޓުވައި، ބޮންޑެޑް ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި 575 ކޭސް ސިނގިރެޓް ވަގަށް ބޭރުކުރި މަރުހަލާގައި އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުނީގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރަކަށް ދީފައިވާކަން ހާމަވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ( 241 ކޮމިޓީ) ގެ ހޯދުންތަކުންނެވެ.  

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި އެ ރިޕޯޓުގައިވާ ގޮތުން ކަސްޓަމްސްގައި އެ ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރި އިރު، ކުންފުނީގެ ހިއްސާދާރުންނަކީ ލުބުނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ކިޔާ މީހެކެވެ.

ނަމަވެސް އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން 9 ޑިސެމްބަރު 2023 ގައި ފޭކް ސިނގިރޭޓް އެތެރެކުރި އިރު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާންއެވެ.

ސިރުހާން މެމްބަރުކަމަށް ހޮވުނީ އޭޕްރީލް 2023 ގައި ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިހާބުގަ އެވެ.

ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިނގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން އޮތީ އެހެން ބަޔަކަށް ބަދަލުކޮށްފަ އެވެ. ސިނގިރެޓް ވަގަށް ބޭރުކުރި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ. 

ކަސްޓަމްސްއަށް ނޭނގި އެ ސިނގިރޭޓުތައް ނެރެގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ، މަޖިލީހުގެ ސަލާމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިދިޔަ އަހަރުގެ އޮކްޓޫބަރު 30ގައި އެންގުމުން ކަމަށް ރިޕޯޓުގައި ވެއެވެ.

އެހެންވެ، ކަސްޓަމްސްއިން ބެލިއިރު، އެތަނުގައި ބޮންޑު ނެތް ކަމަށާއި އެތަނުގައި ހިންގަމުން ދިޔައީ އެހެން އޮފީހެއްކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސްއާ ހަވާލާދީ ރިޕޯޓުގައި ވެއެވެ.

ކޮމިޓީ ރިޕޯޓްގައި ކަސްޓަމްސްއާ ހަވާލާދީ ބުނެފައިވާ ގޮތުގައި ގާނޫނާ ހިލާފަށް ނެރުނު އެ ސިނގިރެޓްތަކުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަަށް ދައްކަން ޖެހޭ 47.1 މިލިޔަން ރުފިޔާ ދައްކަން އަންގާ ކަމަށެވެ. އެކަމަކު، އެ ފައިސާ ނުދެއްކުމުން މިހާރު ވަނީ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ޓަކައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް