މިއަދުގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮތީ ތިން ކަމެކެވެ. އެގޮތުން ފުރަތަމަ ދެ ކަމަކަށް އޮތީ އިކޮނޮކިމް މިނިސްޓަރު މުހައްމަދު ސައީދާ ކުރާ ދެ ސުވާލަކެވެ. ދެން އޮތީ\ އެމްޑީޕީގެ ފަރާތުން ހުށައަޅާ ގަރާރެއްގެ މަސައްކަތެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދާ ސުވާލުކުރަން ހުށައަޅާފައިވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ދެން މިއަދުގެ މަޖިލީހުގައި އޮތީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ގަރާރުގެ އިބްތިދާއީ ބަހުސެވެ.
މައުރޫފް ޒާކިރު ހުށައަޅުއްވާފައިވާ ގަރާރަކީ ގެދޮރުވެރިޔ މަޝްރޫއުގެ ދަށުން 4000 ފްލެޓުތަކުގެ ހައްޤުވެރިންގެ ތެރެއިން ގިނަ ބަޔަކަށް ފްލެޓު ހަވާލުކުރުން ލަސްކުރަމުންދިޔުމާއ،ި ބިންވެރިޔާ މަޝްރޫއުގެ ފުރަތަމަ ސްކީމުގެ ދަށުން ހިއްކަމުންދިޔަ ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް 3 ގެ މަސައްކަތް ނުނިންމައ،ި އަދި ގެދޮރުވެރިާ އާއި ބިންވެރިޔާ ގެ ދެވަނަ ސްކީމްގައި ހުޅުމާލެއިން ފްލެޓާއި އުތުރު ތިލަފަޅުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ހައްގުތަކަށް ބެލުމެއްނެތ،ި ރަސްމާލެ މަޝްރޫއަށް އިސްކަންދެމުންދާ ދިޔުމުގެ ސަބަބުން ދިވެހި އެތައް ހާސް ރައްޔިތުން ގެ ބޯހިޔާވަހިކަމުގެ ޙައްޤު ގެއްލިގެންދާ ދިޔުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ގަރާރެކެވެ.