ކޯޓުން މި ހުކުމްކޮށްފައިވަނީ ވެށި ލިންކް އިންވެސްޓްމެންޓް ކިޔާ ކުންފުންޏެއްގެ ފަރާތުން ފެނަކައާއި ދެކޮޅަށް ކުރި ދައުވާއެއް ނިންމާ އިއްވި ހުކުމުގައެވެ.
މިއީ، 2022 ވަނަ އަހަރު ފެނަކައިން އެކުންފުނިން ހޯދާފައިވާ ހިދުމަތަކަށް ފައިސާ ނުލިބިގެން ހުށައެޅި މައްސަލައެކެވެ. މި ފައިސާއަކީ، ލ. އަތޮޅުގެ ދެ ރަށެއްގައި ހުރި ފެނަކައަށް ބޭނުންވާ ހިދުމަތްތަކުގެ ފައިސާއެވެ.
މި މައްސަލަގައި ވާ ގޮތުން އެ ކުންފުނިން ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތުގެ އަގަށްވާ، 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ފެނަކައިން މިހާތަނަށް 8.5 މިލިއަން ރުފިޔާ ނުދައްކައި އެބައޮތެވެ.
މި މައްސަލައިގައި އެކުންފުނިން އެދިފައިވަނީ، މިހާތަނަށް ނުލިބި އޮތް، 8.5 މިލިއަން ރުފިޔާއާއި، ވަކީލު ފީގެ ގޮތުގައި 70،000 ރުފިޔާ ފެނަކައިން ނަގާދިނުމަށެވެ. އަދި އެ ފައިސާ ހަފްތާއެއްގެ ތެރޭގައި ނަގާދިނުމަށް ވަނީ އެދިފައެވެ. އެ
މި މައްސަލަ ނިންމާ ސިވިލް ކޯޓު އިއްވި ހުކުމުގައި ވަނީ އެ ފައިސާއަކީ ފެނަކައިން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ފެނަކައަށް އަމރުކޮށްފައެވެ.