އެޗްޑީސީން ބުނީ ޅ. ނައިފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް ހައުސިން މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއް ވެފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުންބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން މިރަށުގައި 300 ހައުސިންގ ޔުނިޓް ތަރައްގީ ކުރެވިގެންދާނެ ކަމުގައި އެވެ.
އިއްޔެ ރައީސް ނައިފަރަށް ކުރެވި ދަތުރުގައި ވެސް ރައީސް ވަނީ ޅ. ނައިފަރުގެ ތަރައްގީ އަށް މުހިއްމު ގިނަ ވައުދުތަކެއްވެ ވަޑައިގެންފައި އެވެ.
ޅ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ރޭ ސޮއިކުރި މަޝްރޫއުތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ނަތީޖާ ދައްކަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސް ވިދާޅުވީ ނައިފަރުގައި ފެށިގެންދާ ހުރިހާ މަޝްރޫއެއްގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދޭނީ ބިން ހިއްކުމުގެ މަސައްކަތަށް ކަމަށާއި އޭގެ އިތުރުން ހައުސިން މަޝްރޫއު އާއި ހޮސްޕިޓަލް އަދި ސްކޫލް އަދި ބަނދަރުގެ މަޝްރޫއު ފަދަ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.
ނައިފަރުގައި ކުރިއަށް ގެންދަން ސޮއިކުރި މަޝްރޫއުތައް:
ރައީސް މިރޭ ނައިފަރަށް ވި އިތުރު ވައުދު ތަކުގެ ތެރޭގައި:
ބިމުގެ ޖާގައިގެ ދަތިކަން ބޮޑު ނައިފަރުގެ ބިމަށް އިތުރު 45 ހެކްޓަރުގެ ބިން އިތުރުކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު މާދަމާ ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.