ads
އެއާޕޯޓުން ޑޮލަރު ފޭރުން މީހުން
އެއާޕޯޓުން ޑޮލަރު ފޭރުން މީހުންގެ ވަނަވަރު އާއްމުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކުރި 4 މީހުންގެ ބަންދަށް ވަނީ ފަސްދުވަސް ޖަހާފައެވެ. 

ހައްްޔަރު ކުރި މީހުން 

  • ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) 
  • މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)
  • އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) 
  •  އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) 

އެނގިފައިވާ ގޮތުގައި މި އެންމެންވެސް ހައްޔަރުކުރީ މި އަތޮޅު ހުރާގައި ހުރި ގެސްޓް ހައުސްއެއްގެ ތެރޭގައި ތިއްބައެވެ. 

އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ އިއްޔެ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ބުނި ގޮތުގައި، އެ ފައިސާ އުފުލުމަށް ފުލުހުންގެ ސެކިއުރިޓީ ބީއެމްއެލުން ބޭނުން ކޮށްފައި ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް