މީޑިއާ ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ ރައީސް ކަނޑައަޅަނީ މަޖިލީހުންނެވެ. އަދި ނައިބު ރައީސް ކަނޑައަޅަނީ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން އެކަމަށް ވާދަކުރާ މެމްބަރުންގެ މެދުގައި ނަގަާ ވޯޓަކުންނެވެ.
މިއަދު ބޭއްވި މި ވޯޓުގައި ޒަމްއަތާ ވާދަކުރީ އުވާލި މީޑީއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފް އެވެ. ވޯޓުގައި ޒަމްއަތު ކާމިޔާބުކުރީ އެންމެ ވޯޓެއްގެ ތަފާތަކުން ނެވެ. ޒަމްއަތަށް ލިބުނީ ހަތަރު ވޯޓެވެ.
މީޑިއާ ކޮމިޝަންގެ ރައީސްގެ ގޮތުގައި މަޖިލީހުން ކަނޑައެޅީ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަން ކުރެއްވި މުހައްމަދު ފަރުސަތުއެވެ.