ads
ސްޓެލްކޯއިން ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާހް ކުރުމުގެ ތެރެއިން
ސްޓެލްކޯއިން ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި
ސްޓެލްކޯއިން ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި އެެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ތުލުސްދޫއަށް ވަޑައިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށްގެން އެ ރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވައިފި އެވެ.

 މި މަސައްކަތަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ސްޓެލްކޯއާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢު އިފްތިތާހްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަމާހް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

your imageސްޓެލްކޯއިން ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާހް ކުރުމުގެ ތެރެއިން

މި މަސްރޫއު ސްޓެލްކޯ އާއި ހަވާލު ކުރެވުނީ 29 ޑިސެމްބަރު 2021 ވަނަ ދުވަހު އެވެ. 

އެ މަޝްރޫއު ނިންމާލެވިފައިވަނީ 19 އޮކްޓޫބަރު 2025 ވަނަ ދުވަހު ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މި މަސައްކަތަށް ޖުމްލަ  50،888،210.00 ދިވެހި ރުފިޔާ ހަރަދުވި ކަމަށް ސްޓެލްކޯއިން މައުލޫމާތުދެ އެވެ. 

އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ޖުމްލަ 350 ގެޔަކަށް ފެނުގެ ހިދުމަތް ދެވިގެން ގޮސްފައިވާ ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް