ads
ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށީގައި ހަދާ ބިނާ
ޝަހީދު ހުސައިން އާދަމްގެ ބަޑިއާ ވެއްޓުނު ތަން، ހަނދާނީ ބިނާއަކަށް
1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، އޭނާގެ އުފަން ރަށުގައި ހަދާނީ ބިނާއެއް ހަދައިފިއެވެ.
Advertisement

ކުޅުދުއްފުށި ސިޓީއަށް އުފަން ކޯޕްރަލް ހުސައިން އާދަމް ޝަހީދުވީ، ދިވެހި ހާއިނުންގެ ބަޔަކާއި ބޭރުގެ ކުލީ ސިފައިން ވެރިރަށް މާލެއަށް އަރާ ދިން ނުރައްކާތެރި ހަމަލާގައި  ސިފައިންގެ މައި މަރުކަޒު ދިފާއުކުރުމުގައި ހުންނަވަނިކޮށެވެ. 

ކުޅުދުއްފުށީގައި ހަދާ ބިނާ ހަދާފައިވަނީ ކޯޕްރަލް ޝަހީދު ހުސައިން އާދަމް އެންމެ ފަހުން އެރަށުން ފުރާ ވަޑައިގެންނެވި ސަރަހައްދު ކަމަށްވާ، ކުރީގެ ބަނދަރު ސަރަހައްދުގައެވެ.

ކައުންސިލްގެ ބަޖެޓުން ނުވަ ލައްކަ ރުފިޔާ ހަރަދުކޮށްގެން ހެދި މި ބިނާ އިން ދައްކާދެނީ ދިވަހި ގައުމުގެ ދިފާއުގައި ހަމަލާ ދިނުމަށް އެދުވަހު އޭނާ ގެންގުޅުއްވި ބަޑިއާ ދުޝްމަނުގެ ހަމަލާތަކުން ޝަހީދުވެގެން ވެއްޓި ވަޑައިގެންނެވި ތަނެވެ. 

އެގޮތުން މި ބިނާ އިން ފެންނަނީ ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެކެވެ. އަދި ދެން ފެންނަން ހުރީ ހުސައިން އާދަމް އެ ދުވަހު ހުންނެވި ގޭޓުގެ ދެ ފަރާތައް ވަޒަން އަރާފައި ހުރި ގޮތް ފެންނަ ނަކަލެކެވެ. 

މި ބިނާ މިއަހަރުގެ ނަސްރުގެ ދުވަހާއި ދިމާކޮށް ރަސްމީކޮށް ހުޅުވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އަންނަނި މަސައްކަތް ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް