ads
ނޯޓިލަސް ފައުންޑޭޝަނުން މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ނޯޓިލަސް ފައުންޑޭޝަނުން ތިން ދާއިރާއެއްގެ ހަތަރު ސްކޮލަޝިޕް އިއުލާންކޮށްފި
ނޯޓިލަސް ފައުންޑޭޝަނުން، ގައުމީ ތަރައްގީއަށް މުހިންމު ދާއިރާތަކަށް ހުނަރުވެރި މީހުން ބިނާކުރުމަށް ހުރިހާ ހަރަދެއް ލިބޭ ހަތަރު ސްކޮލަޝިޕް އިއުލާންކޮށްފި އެވެ.
Advertisement

ރާއްޖޭގެ ތައުލީމީ އަދި މަސައްކަތުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ "ނޯޓިލަސް" ފައުންޑޭޝަނުން ބުނި ގޮތުގައި މިއަހަރުގެ ހަތަރު ސްކޮލަޝިޕް ހާއްސަކޮށްފައި ވަނީ މެޑިސިން އާއި އެއާކްރާފްޓް އިންޖިނިއަރިން އަދި ކޮމާޝަލް ކުކަރީ ދާއިރާއަށެވެ. 

ސްކޮލަޝިޕް ފުރުސަތު ދޭން މި ދާއިރާތައް އިހުތިޔާރުކުރީ މިއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިއްމު ދާއިރާތައް ކަަމަށް ވާތީ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ކިޔެވުުގެ ހުރިހާ ހަރަދެއް ނޯޓިލަސް ފައުންޑޭޝަނުން ދޭ އެ ސްކޮލަޝިޕް ޕްރޮގްރާމްތައް ޑިޒައިންކޮށްފައި ވާނީ އެ ފައުންޑޭޝަނުން ބުނި ގޮތުގައި ކުރިމަގުގެ ޕްރޮފެޝަނަލުންނަކީ އީޖާދީ އަދި ލީޑްކުރާ ބަޔަކަށް ހެދުމަށެވެ.

ސްކޮލަޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން، ނޯޓިލަސް ފައުންޑޭޝަންގެ ވެބްސައިޓްގައި ހިމެނޭ މައުލޫމާތުތަކަށް ބަލައި ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ނޯޓިލަސް ފައުންޑޭޝަނުން މި ސްކޮލަޝިޕްތައް ކޮންމެ އަހަރަކު ވެސް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

ނޯޓިލަސް ފައުންޑޭޝަނަކީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޔުނިވާސަލް ގްރޫޕުގެ އެއް ޑިރެކްޓަރު ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނާއި ޒިކުރާ އާކުރުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް