އެ ސްކޮލާޝިޕްތަކަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ނަރުހުންގެ ހިދުމަތްތައް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
މިކަމަށް ޓަކައި ޓްރީޓޮޕް ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުންނަށް އެވޯޑް ހަވާލުކުރިއިރު، އެ ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ އިސްވެރިންނާއި ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ސްކޮލާޝިޕް އެވޯޑް ހާސިލްކުރެއްވި ދަރިވަރުންނަކީ:
ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުންގެ ދާއިރާ އެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ނަރުހުންނަކީ ސިއްހީ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމުން، ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުމާއެކު ނަރުހުންގެ ހިދުމަތް އަދި ހާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް ހުއްޓުމެއްނެތި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުން
ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުން
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންގެ ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުޅިން އާ ހިދުމަތްތައް ތައާރަފް ކުރުން
ރާއްޖޭގެ އެކި ރަށްރަށުގައި ހެލްތު ކޭމްޕްތައް ބާއްވައި ގިނަ ރައްޔިތުންނަށް ހިދުމަތްތައް ދެމުން