ads
ގުޅީފަޅުން ގޯތި ލިބުނު މީހަކު އެއްބަސްވުމުގައި ސޮއިކުރަނީ - ފައިލް ފޮޓޯ/ ހައުސިން މިނިސްޓްރީ
ގުޅިފަޅު ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާން ފަހު ފުރުސަތު ދީފި
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއި ކުރުމަށް ފަހު ފުރުސަތު ހައުސިން މިނިސްޓްރީން ދީފި އެވެ.
Advertisement

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީ އާއި އެއްބަސްވުމުގައި ސޮއިކުރަން ދިގު މުއްދަތެެއް ދީފައިވާ ކަމަށެވެ. 

އެ މުއްދަތުގައި އެެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވެފައި ނުވާ މީހުންނަށް އެއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށާއި އެއީ އެންމެ ފަހު ފުރުސަތު ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ މުއްދަތުގައި އެޕޮއިންޓްމަންޓަށް އެދިފައި ނުވާ މީހުންނަށް އެއްބަސްވުމުގައި ސޮއިިކުރުމުގެ ފުރުސަތު ނުދެވޭނެ އެވެ.

އެޕޮއިންޓުމެންޓަށް އެދެން ޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން 2،000އަށް ވުރެ ގިނަ ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 މީހެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް