ads
މިނިސްޓަރ ޑރ. ރަމީލާ
ކުރީގެ މިނިސްޓަރު ރަމީލާ އެޗްއާރްސީމަށް އައްޔަން ކުރަން ފާސްކޮށްފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
Advertisement

އެޗްއާރުސީއެމްގެ މެންބަރުކަމަށް އޭނަ އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލު ހުރި ގޮތުން އެގްރިކަލްޗާ މިނިސްޓަރުކަމުގެ މަގާމުން ރަމީލާ އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މިނިސްޓަރުކަން ކުރެއްވުމުގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.

އެޗްއާރްސީއެމަށް ރަމީލާ އައްޔަން ކުރަން ފާސްކުރި އިރު، މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެ ކޮމިޝަނަށް ދެ މެންބަރަކު އައްޔަންކޮށްފައިވެ އެވެ. އެއީ މ. ޕޮޕީ، މުހައްމަދު ޝަފީގް މަހުމޫދާއި އައްޑޫ ހުޅުދޫ، ސީބްރީޒް އަހުމަދު މަގުސޫމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް