މި ކެމްޕޭނަކީ ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިވުމުގެ މަގުސަދުގައި އުފެއްދި ދިވެހީންގެ ބޭންކުން ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ކެމްޕޭނެކެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭނު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފު، އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަނީ 1982 ވަނަ އަހަރު ބޭންކް އުފެއްދުމުގެ މަގުސަދަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ބޭންކް އުފެއްދީ ހަމަ އެކަނި ކޮމާޝަލް ބޭންކެއްގެ ދައުރު އަދާކުރުމަށް ނޫންކަމަށާއި އޭގެ އިތުރުން ގައުމީ ތަރައްގީގައި އެހީތެރިވެވޭނެ ގޮތްތައް ހޯދައި އެ ހިދުމަތްތައް ފޯރުކޮށްދިނުމަކީވެސް ބޭންކު އުފެއްދި މުހިންމު މަގްސަދެއްކަން ފާހަގަކުރެއްވި އެވެ.
"ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" ކެމްޕޭނާއެކު މި މަގުސަދު ހާސިލުކުރުމަށް އިތުރު މަސައްކަތްކުރުމާއި، ބޭންކް އޮފް މޯލްޑިވްސް އަކީ ހަމައެކަނި މާލީ އިދާރާއެއްގެ ބަދަލުގައި ގައުމުގެ ތަރައްގީގެ ދަތުރުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ. މިގޮތުން، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވަނީ ދިވެހީންގެ ބޭންކެއްގެ ގޮތުގައި ބީއެމްއެލް އިން ހޯދާފައިވާ ހާއްސަ މަގާމު ފާހަގަކުރައްވާފަ އެވެ.
އެ ކެމްޕޭނާއެކު އެ މަގްސަދު ހާސިލްކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމާއެކު ބީއެމްއެލްއަކީ ހަމައެކަނި މާލީ އިދާރާއެއްގެ ބަދަލުގައި ގައުމުގެ ތަރައްގީގެ ދަތުރުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖްތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.