ads
ރައީސް ޑރ. މުއިއްޒު، މިއަދު ޖޭއެސްސީއަށް ހުސްނީ މުބާރިކް އައްޔަން ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ޖޭއެސްސީގެ މެންބަރުކަމުގެ މަގާމަށް ހުސްނީ މުބާރިކް އައްޔަންކުރައްވައިފި
ރައީސް ޑރ.މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ހުސްނީ މުބާރިކް މިއަދު އައްޔަންކުރައްވައިފި އެވެ.
Advertisement

ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ހުސްނީ މުބާރިކް ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.

ހުސްނީ މުބާރިކަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޒް އަލީ ރަޝީދު ހުސައިނެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ހުސްނީ މުބާރިކާ ހަވާލުކޮށްދެއްވާފަ އެވެ.

ހުސްނީ މުބާރިކު ޖޭއެސްސީއަށް އައްޔަންކުރަން މަޖިލީހުން އިއްޔެ ރުހުން ދިނީ، ޖޭއެސްސީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޖޭއެސްސީގެ ރައީސްކަމަށް އިންތިހާބުކުރި ރިޒާ ހުކުރު ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސްގެ އޮފީހުން މަޖިލީހަށް އަންގަވާފައިވެ އެވެ. ނަމަވެސް ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް