ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލާގެ ތުހުމަތުގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަހްމޫދު ރިޔާޒާއި އަބްދުﷲ ވަހީދު މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އެ ދެ ބޭފުޅުން ވަކިކުރީ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓްތަކެއް ވަގަށް އެތަނުން ނެރުނު މައްސަލައާ ގުޅިގެން، މަޖިލީހުގެ ކޮމެޓީން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށް ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ.
މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ، ހޯމަ ދުވަހު މަޖިލީހުން ފާސްކުރި ރިޕޯޓު ފޮނުވުމުން، އެ ކަންކަން ތަންފީޒުވާތަން ފެނުމަކީ އުންމީދު އާވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ތައްޔާރުކުރި އެ ރިޕޯޓުގައި ހިމެނޭ ސިއްރު ޗެޕްޓަރު ފޮނުވީ ސީދާ ރައީސް މުއިއްޒަށް އެކަންޏެވެ
އޭނާ ވިދާޅުވި ގޮތުގައި އެއީ މަޖިލީހަށް އޮތް ވަރަށް އުފާވެރި ހަބަރެކެެވެ. މަޖިލީހުގެ ކޮމިޓީތަކުން އެފަދަ މައްސަލަތަކުގައި ނިންމާ ނިންމުންތައް ރައީސް ތަންފީޒު ކުރައްވާނެކަން މިހާރު އެނގޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ކަސްޓަމްސްގައި 30 އަހަރު ހިދުމަތްކޮށްފައިވާ މަހުމޫދު، ޑެޕިއުޓީއަކަށް އައްޔަން ކުރެއްވީ ކުރީގެ ސަރުކާރުގައި ޖޫން، 2020 ގަ އެވެ. އަދި އަބްދުﷲ ވަހީދު އެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރުން، ޖެނުއަރީ 2024 ގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;