އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓްތަކުން އުކާލާ ތެޔޮ އަލުން ބޭނުންކޮށް ވިއްކާމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި އެގޮތަށް އުކާލާ ތެޔޮ ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށާއި އަދި އެއީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ ކަމެއްކަމަށް ބަޔާންކޮށް، 14 ފެބުރުވަރީ 2018 ގައިވެސް އެ އޮތޯރިޓީން އާންމުންނަށް އަންގާފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނިގޮތުގައި، ގާނޫނު ނަންބަރު 2024/6 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ "ކާބޯތަކެތީގައި ހުންނަންޖެހޭ އާންމު ޝަރުތުތައް" މިފަދަ ތެލުގައި ފުރިހަމަ ނުވާނެ އެވެ.
މީގެ އިތުރުން ރިސޯޓުފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލުނޫން ކާބޯތަކެތިން ތަގައްޔަރުވެފައިވާ ތެޔޮކަމުގައި ވުމުގެ ފުރުސަތު އޮތް ކަމެއްކަންވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފަ އެވެ.
އެމްއެފްޑީއޭއިން މިފަދަ ބާޔާނެއް އާންމު ކުރިއިރު މިފަހުން ކަނޑުމަތީ ގައި ބަޔަކު ތިބެގެން ކުނި އުފުލާ ދޯންޏަކުން ތެޔޮ ސާފުކޮށް ފުރާނާ ވީޑިއޯއެއް އާންމުވި އެވެ. ބޭނުން ކުރާ ތެޔޮ ދެވަނަ ފަހަރަށް ބޭނުން ކުރުމުގެ މައްސަލަ މަދުން ނަމަވެސް ބިދޭސީ މަސައްކަތް ތެރިންގެ ސައިޓް ތަކުގައި ހުންނަ ބަދިގެ ތަކުން ފާހަގަ ވެއެވެ.