ads
"ކަންޓާރާ: ޗެޕްޓާ 1"ގެ ޕޯސްޓަރެއް
"ކަންޓާރާ 2" އެމެޒޯން ޕްރައިމްއަށް
އިންޑިއާގެ ބޮކްސް އޮފީހުގައި ރިކޯޑު އަދަދަކަށް އާމްދަނީ ހޯދަމުން އަންނަ ކަންނާޑާ ފިލްމު "ކަންޓާރާ: އަ ލެޖެންޑް - ޗެޕްޓަ 1" މި މާދަމާ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށާނެކަން އިއުލާނުކޮށްފި އެވެ.
Advertisement

މި މަހުގެ 2 ގައި ރިލީޒްކުރި މި ކަންނާޑާ ފިލްމަކީ 2022 ގެ "ކަންޓާރާ" ގެ ސީކްއެލް އެވެ. މި ދެ ފިލްމަކީ ވެސް ރިޝަބް ޝެޓީ ލިޔެ، ޑައިރެކްޓްކޮށް އަދި ބަތަލުގެ ރޯލު ކުޅުނު އެއްޗެކެވެ.

"ކަންޓާރާ: އަ ލެޖެންޑް-ޗެޕްޓާ 1" އަކީ 125 ކްރޯސް ރުޕީސް (14.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން މި ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ މިހާރު 900 ކްރޯޑް ރުޕީސް (102 މިލިއަން ޑޮލަރު) އަށް އަރަ އެވެ.

ހުރާފީ އެކްޝަން ފިލްމެއްގެ ގޮތުގައި "ކަންޓާރާ" ގެނެސްދޭ އިރު، މީގެ ތިން ވަނަ ބައެއް ވެސް ގެނެސްދޭނެކަމުގެ އިޝާރާތެއް ދެވަނަ ބައިގެ އެންޑިން ކްރެޑީޓާ އެކީ ދީފައިވެ އެވެ.

"ކަންޓާރާ: ޗެޕްޓާ 1" އަކީ 2022 ވަނަ އަހަރު ގެނެސްދިން "ކައްޓާރާ"ގެ ޕްރީކުއެލް ފިލްމެކެވެ. އެއީ ފުރަތަމަ ފިލްމުގައި ހިނގި ކަންތައްތަކުގެ 1،000 އަހަރު ކުރި ދައްކާ ފިލްމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް