ads
ސުޕްރީމް ކޯޓު
އަދާވަތްތެރިންނާއި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ނެގޭ ގޮތް ހަދަނީ
ދައުވާ ރައްދުވާ ފަރާތާ އަދާވާތްތެރިކަމެއް އޮންނަ އަދި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ޝަރީއަތަށް ނެގޭ ގޮތަށް ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމް އެވެ.

ޖުމްލަ 71 ސަފްހާގެ މި ބިލުގައި ގާނޫނުގައި ހުރި ބައެއް މާއްދާތައް އުވާލުމަށް ހިމަނާފައިވެ އެވެ. އެ ބިލުގައިވާ ގޮތުން ގާނޫނުގައި މިހާރު އޮތް ހަތަރު މާއްދާއެއް އުވާލަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް މާއްދާއަކީ ހެއްކާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާ އެވެ.

އެ މާއްދާގައި ބުނެފައިވަނީ ހެކިބަސް ދޭ މީހާއަކީ މައްސަލައިގެ ހަސްމަކާ ފުށުއަރާ މަސްލަހަތެއް އޮތް ނުވަތަ މައްސަލައިގެ ހަސްމަކާ އަދާވާތްތެރިކަމެއް އޮތް މީހަކު ކަމުގައިވާ ނަމަ އެ މައްސަލައެއްގައި އެ މީހެއްގެ ހެކިބަސް ނަގައިގެން ނުވާނެ ކަމަށެވެ.

މިފަދަ ހެކިންގެ ހެކިބަސް ބަލައިގަތުމަށް ގާނޫނުން މަނާވެފައިވާ އޮތް ދޮރު އާ އިސްލާހާ އެކު ހުޅުވިގެންދާއިރު، ކޯޓުތަކުން މިކަމުގައި އަމަލުކުރާނެ އުސޫލުތައް ހުކުމްތަކުން ކަނޑައަޅާނެ ކަަމަށް ބެލެވެ އެވެ. ފާސިގުންގެ ހެކިބަސް ބަލައިގަތުމާ ގުޅޭ ގޮތުން ވެސް ސުޕްރީމް ކޯޓުން މީގެ ކުރިން އުސޫލުތައް ކަނޑައަޅާފައި ވެ އެވެ.

ހެއްކާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން، އަދާވާތްތެރިންނާއި މަސްލަހަތު ފުށުއަރާ މީހުންގެ ހެކި ބަހެއް ނުނެގެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް