ads
އަލްހާން ފަހުމީ
އަލްހާންގެ ތިން ބެއިންނަށް ކުރާ ދައުވާތައް ގެންގޮސްފި
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނަނެ ދެ ކޮއްކޮ އިސްވެ ތިބެ ހިންގި ޕޮންޒީ ސްކީމާ ގުޅިގެން އުފުލި ޓެކުމުގެ 13 ދައުވާ އަނބުރާ ގެންގޮސްފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
Advertisement

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ ގޮތުގައި ކިންގްސް ހޯލްޑިންގްސްގެ މައްޗަށް މި ދައުވާތައް ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ 23 ނޮވެމްބަރު 2023، ގަ އެވެ. މި މައްސަލައިގައި ޕީޖީ އިން ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ޝަޒްބާން ފަހުމީ, ސަހުބާން ފަހުމީ, އަދި އަލްހާން ފަހުމީގެ މައްޗަށެވެ.

މި ދައުވާތައް އަނބުރާ ގެންދިޔުމަށް ޕީޖީ އިން ނިންމާފައިވަނީ, މި ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް ދައުވާލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަށް ބަދަލުދީ ފައިސާ ހަލާސްކޮށްފައިވާތީ އެވެ.

މި މައްސަލައިގައި ބަދަލު ލިބެން ޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައި ދިނުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އަލްހާން، ޝަހުބާން އަދި ޝަޒްބާނަށް ކުރާ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންދިޔަ އިރު ޓެކުމުގެ ހުރިހާ ދައުވާތަކަށް އެ ތިން މީހުން ވެސް އިންކާރުކޮށްފައިވެ އެވެ. އަދި ކުންފުނީގެ ގާނޫނުގައި ބަޔާންކުރާ "ކޯޕަރޭޓް ވެއިލް" ގެ ދަށުން މައްސަލަ ބޭރުކޮ ށްދިނުމަށް އެދިފައިވެ އެވެ.

ނަމަވެސް ކުރިމިނަލް ކޯޓުން މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް