ads
2026 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް މިނިސްޓަރު ޒަމީރު ހުށައަޅުއްވަނީ
އަންނަ އަހަރަށް އާމްދަނީ އިތުރުކުރަން، އިތުރުކަމެއް ނުކުރާނަން: ޒަމީރު
އަންނަ އަހަރަށް އާމްދަނީ އިތުރުކުރަން އިތުރު ސިޔާސަތުތަކެއް ހުށަނާޅާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
Advertisement

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މިއަދު ވަނީ 64.2 ބިލިަން ރުފިޔާގެ ބަޖެއްޓެއް ހުށައަޅާފައެވެ. 

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށައަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައެއް ނުވާނެކަމަށެވެ. ސަބަބަކަށް ވިދާޅުވީ މިއަހަރު އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ވަނަ އަހަރު ފެނިގެންދާނެތީކަމަށެވެ. އެއީ ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ހީނަރުކަމެއް އަޔަ ނުދީ އާރޯކަން ގެނައުމަށްކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. 

"ނަމަވެސް ޓެކުހުގެ ޤާނޫނުތައް ތަންފީޒުކުރުމުގެ ފުރިހަމަ ބާރުތައް ތަންފީޒީ އިދާރާތަކަށް ލިއްބައިދިނުމާއެކު، މިހާރު އެފަރާތްތަކަށް ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތަކަށް އެކަށޭނަ ހައްލު ހޯދައިދެވުމުން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެ." ބަޖެޓް ހުށައަޅުއްވަމުން ޒަމީރު ވިދާޅުވިއެވެ.

އަންނަ އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ބެލެވޭކަމަށާއި މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް