ads
މުލިއާގެ
2026 ބަޖެޓް، މުލިއާގެއަށް 34 މިލިއަން މިއަހަރަށްވުރެ 4 މިލިއަން ބޮޑު
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބެޖެޓްގައި މުލިއާގެއަށް 34 މިލިއަން ހިމަނައިފިއެވެ.
Advertisement

އަންނަ އަހަރުގެ ބަޖެޓްގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެތަކަށް ޖުމްލަ 52 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. 

ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރާ މުލިއާގޭގެ ހަރަދުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 34 މިލިއަން ރުފިޔާ ހިމަނާފައެވެ. އެއީ މި ހިނގާ އަހަރު މުލިއާގޭގެ ހަރަދަށް ލަފާކުރި އަދަދަށް ވުރެ 4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ނައިބު ރައީސް ހުންނަވާ ހިލާލީގެ އަށް ހިންގާނެ ހަރަދުގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 14 މިލިއަން ރުފިޔާއެވެ. މީވެސް މިދިޔަ އަހަރަށް ބަޖެޓްކުރިވަރަށް ވުރެ 4.2 މިލިއަން އިތުރު އަދަދެކެވެ.

މަޖިލީހުގެ ރައީސް ހުންނަވާ މުރައިދޫގެއަށް އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓް މި އަހަރަށް ވުރެ ކުޑައެވެ. މުރައިދޫ ގެއަށް ހިނގާނެ ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 4.1 މިލިއަން ރުފިޔާއެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 1.1 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް