ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
އަންނަ އަހަރަށް ހުށައެޅި ބަޖެޓް މިއަހަރަށްވުރެ ކުޑަ: ރައީސް
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓަކީ މި ހިނގާ އަހަރަށް ދައުލަތުން ހުށައެޅި ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެޖެއެވެ.
Advertisement

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ. 

ރައީސް ޑރ. މުހައްމަދު މުއިްު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ލަފާކުރި ބަޖެޓަކީ މި ހިންގާ އަހަރަށް ފާަސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.

" ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ." ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

އަންނަ އަހަރަށް ލަފާ ކުރައްވަމުން ބަޖެޓް ހުށައަޅުއްވަމުން ޒަމީރު ވިދާޅުވީ ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދަށް ކަމަށެވެ. އެއީ 2021 ގައި ސަރުކާރުން އިޝޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ކުރިން އިޝޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށްކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި އަންނަ އަހަރު %5.3 ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި 2026 އާއި 2028އާ ދެމެދު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެވަރޭޖު ގޮތެއްގައި ހުންނާނެ ކަމަށް ލަފާކުރެވެނީ %4.9 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް