ads
ބޮޑުގެ ސަރަހައްދުގައި އަލަށް ތަރައްގީކުރާ މިސްކިތާއި ދައުވާ ސެންޓަރުގެ ބިންގާ އެޅުން
ރައީސް، މަސްޖިދުއްދައުވާގެ ބިންގާ އަޅުއްވައިދެއްވައިފި
މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި، ދަޢުވާ ސެންޓަރުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފި އެވެ.
Advertisement

އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާއި ދައުލަތުހެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެވަޑައިގަތެވެ.

"މަސްޖިދުއް ދައުވާ" ގެ ނަން ދޭން ހަމަޖެހިފައިވާ 1،250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ތަރައްގީ ކުރާ ޒަމާނީ މިސްކިތަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަޙައްދު އަދި ފާހަނާ ބަރި ހެދުމަށް ހަމަޖެހިފައިވާ އިރު މެޒެނީން ބުރީގައި އަންހެނުން ނަމާދު ކުރާ ބައި އެއްވަނަ ބުރީގައި ނަމާދު ކުރާ ބައި، އިޢުތިކާފް ސަރަޙައްދު ހެދުމަށް ހަމަޖެހިފައިވެ އެވެ.

އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީސް ގާއިމްކުރާނެ އެވެ.

މީގެ އިތުރުން މިސްކިތުގެ ޓެރަސްއަ ކީވެސް ނަމާދު ކުރެވޭ ގޮތަށް ގާއިމް ކުރެވޭނެ ބައެކެވެ.

ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ، އަމިއްލަ ފަރާތްތަކަކުން ހަރަދު ކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ، 540 ދުވަހުގެ މުއްދަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް