ads
ދ. މީދޫގައި ގާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވައި ހިދުމަތްދޭން ފަށަން ބޭއްވި ބައްދަލުވުން
ބަނޑިދޫ އާއި މީދޫގައި ގާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވައި ހިދުމަތްދޭން ފަށައިފި
ދ. ބަނޑިދޫ އަދި ދ. މީދޫގައި މިފްކޯއިން ގާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ހުޅުވައިފި އެވެ.
Advertisement

ބަނޑީދޫ އަދި މީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަން ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. 

މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިހު މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާ އެވެ. އެގޮތުން ދ. މީދޫގައި އައިސްޕްލާންޓު އެޅުމަށް މިފްކޯއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

your imageދ. ބަނޑިދޫގައި މިފްކޯއިން ގާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު

މި މަޝްރޫއުގެ ދަށުން މީދޫގައި އަދި ބަނޑިދޫގައި ގާއިމްކުރި އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ވަނީ ގާއިމްކޮށްފަ އެވެ.

މި އައިސްޕްލާންޓްތަކަކީ ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، "މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން" މި ވައުދުފުޅު ފުއްދެވުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. ބަނޑިދޫއާއި މީދޫގައި ހުޅުވުނު އައިސްޕްލާންޓްތަކުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ފިޝަރީޒް މިނިސްޓަރު ން ފާހަގަކުރައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް