ads
ޕީއެންއެފް އުފެއްދުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ކުރީގެ ރައީސް ޔާމީން. - ފޮޓޯ: ޕީއެންއެފް
ޔާމީންގެ ވިދާޅުވުމެއް؛ ވޯޓު ކަރުދާޙުގައި ނަން އޮންނާނެ!
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުން ހުއްޓުވަން "ސިޔާސީ ދައުވާތަކެއް" ކޮށްގެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން އޮންނާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއިން ފުރަތަމަ ވެރިކަމަށް އައީވެސް ފަނޑިޔާރުގެތައް މިނިވަންކުރަން ވަކާލާތުކޮށްގެން ނަމަވެސް އެ ވެރިކަމުގައި ވެސް ކަން ވެގެން ދިޔައީ ހިތްޕުޅާ ނުވި ބޭފުޅުން ޖަލުގައި ގަނަ ތެޅުވުން ކަމަށާއި އެގޮތުން އޭރު އެމަނިކުފާނު ވެސް ޖަލުގައި ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.

ކޯޓުގައި އޮތް މައްސަލަތަކަށް ނުފޫޒު ފޯރުވައި ސަރުކާރުން ޖަލަށް ލުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އިރާދުކުރެއްވިއްޔާ މާތް الله އެ ކަމެއް މި މީހުންނަށް މިންވަރެއް ނުކުރައްވާނެ. އަޅުގަނޑު ވަރަށް ޔަގީން އަޅުގަނޑުގެ ކޭސްއާ ދޭތެރޭ،" ހިތްވަރަކީ ރައްޔިތުން ކަން ފާހަގަ ކުރައްވާ ޔާމީން ވިދާޅުވި އެވެ.

ވެރިކަން ހިންގުމުގެ މުޅި ނިޒާމު، "ސަރުކާރުގެ މުށުތެރެއަށް" ލާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށާއި މިނިވަން މުއައްސަސާތަކުގެ އިތުރަށް މީޑިއާތަކަށް ވެސް ޔާމީންގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، ޕީއެންއެފް އުފެދިގެން މި ދިޔައީ، ސިޔާސީ ވެރިން ފެއިލުވެ، ރައްޔިތުންގެ ހައްގުގައި ބަހެއް ބުނަން ވެސް ނުކުޅެދިފައި ތިބި ވަގުތެއްގަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ހަފުތާއެއް ނުވެ، ޔާމީން ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، ޕީއެންއެފް އުފެއްދެވީއެވެ. އެ ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25ވަނަ ދުވަހެވެ.

ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ހަފުތާއަކު ދެ ދުވަހު ޖަލްސާ ބާއްވައި، އެކި ކަންކަމުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް